ޙުތުބާ – އެއްވަނަ ބާބު

މިކައުނުގައި އިންސާނާގެ ވަޒީފާއާއި އޭނާގެ ރިސާލަތު[1][1]. ފުރަތަމަ ޚުޠުބާ: الحمد لله، نحمده ونستعينه ونستهديه، ونعوذ بالله تعالى من شرور أنفسنا ومن سيئات أعمالنا، من يهده الله فلا مضل له، ومن يضلل فلا هادي له، ومن لم[2][2] يجعل الله له نورا فما له من نور. وأشهد أن لا إله إلا الله وحده لا شريك له، خصنا بخير كتاب أنزل، وأكرمنا بخير نبي أرسل، وأتم علينا النعمة بأعظم دين شرع (اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينا)[3][3]، وأشهد أن محمدا عبده ورسوله، أدى الأمانة، وبلغ الرسالة ونصح الأمة، وجاهد في الله حق جهاده، وتركنا على المحجة البيضاء، ليلها كنهارها، لا يزيغ عنها إلا هالك، فمن يطع الله ورسوله فقد فاز فوزا عظيما، ومن يعص الله ورسوله فقد ضل ضلالا مبينا. اللهم صلى وسلم وبارك على هذا النبي الكريم، وعلى آله وصحابته، وأحينا اللهم على سنته، وأمتنا على ملته، واحشرنا في زمرته، مع الذين أنعمت عليهم من النبيين والصديقين والشهداء والصالحين وحسن أولئك رفيقا. أما بعد… فيا أيها الإخوة المسلمون:

ޙުތުބާ – ދެވަނަ ބާބު

އަރަބި ޅެންވެރިއަކު ކިޔާފައިވާޅެމެއްގައިވެއެވެ. وإذا كان آخر العمر موتا فسواء قصيره والطويل ޢުމުރުގެ ނިމުމަކީ މަރުކަމުގައިވަނީނަމަ ކުރަސް ދިގަސް ވަނީ ހަމަ އެއްވަރެވެ. މަރުއައިސްޖެހޭހިނދު ހުރިހައިކަމެއް ވިއްސިވިހާލިވެގެން ދެއެވެ. ޢުމުރުވެސް ހިނދުކޮޅަކަށްވެދެއެވެ. އަދި ކުރުމުއްދަތެއްގައި އިތުރަށް ލެހެއްޓެވިނަމަ ފާއިތުވީކަންކަން އަލުންކުރެވިދާނެކަމަށް ހީވެދެއެވެ. އަދި ތިމާގެފަރުވާކުޑަކަމުން ނުކޮށްދޫކޮށްލިކަންކަން އަލުންކުރެވޭނެކަމަށް ހީކޮށްފާނެތެވެ. އެއީ ހަމަހިލާވާނޭކަންކަމެއްނޫނެވެ. (ولن يؤخر الله نفسا إذا جاء أجلها…)[1] މާނައީ: (އަދި ﷲ އެއްވެސް ނަފްސެއް އެނަފްސެއްގެ އަޖަލު އަންނަ ހިނދު ފަހެއްނުކުރައްވާނެއެވެ…)

ޙުތުބާ – ތިންވަނަ ބާބު

މިހެންވެ އިންސާނާ މިވަޒީފާއައިގެން ނުތެދުވެއްޖެނަމަ ނަޢަމު ސޫތްޕަށްވުރެ މަގުގެއްލިގެންވާ އެއްޗެއްކަމުގައިވެދެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. (أرأيت من اتخذ إلهه هواه أفأنت تكون عليه وكيلا، أم تحسب أن أكثرهم يسمعون أو يعقلون، إن هم إلا كالأنعام بل هم أضل سبيلا)[1][1] (އެމީހެއްގެ އެދުންތައް އެއީ، އެމީހެއްގެ އިލާހުކަމުގައި ހެދިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ ފަހެ، އޭނާ ބަލަހައްޓާ ވަކީލަކު ކަމުގައި، ކަލޭގެފާނު ވާނެތޯއެވެ؟ ނުވަތަ އޭގެތެރެއިން ގިނަމީހުން އަހާކަމަށް، ނުވަތަ ވިސްނާކަމަށް، ކަލޭގެފާނުހީފުޅުކުރައްވަމުތޯއެވެ؟ ޖަނަވާރުތަކެއްފަދައިން މެނުވީ، އެއުރެން ނުވެތެވެ. އަދި ކިއެއްތަ! އެއަށްވުރެވެސް އެއުރެންގެ މަގުފުރެދުންބޮޑެވެ) އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ. (ولقد ذرأنا لجهنم كثيرا من الجن والإنس لهم قلوب لا يفقهون بها ولهم أعين لا يبصرون بها ولهم آذان لا يسمعون بها، أولئك كالأنعام بل هم أضل، أولئك هم الغافلون)[2][2] (ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކައަށްޓަކައި ހެއްދެވީމެވެ. އެހިތްތަކުން (ޙައްޤުގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (ޙައްޤުމަގު) ނުދެކޭ ލޯތަކެއް އެއުރެންނަށް ވެއެވެ. އަދި އެކަންފަތްތަކުން (ޙައްޤުއަޑު) ނާހާ ކަންފަތްތަކެއްވެސް، އެއުރެންނަށް ވެއެވެ. އެއުރެން ގެރި ބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށްވުރެވެސް އެއުރެން މަގުފުރެދުން ބޮޑެވެ. އެއުރެންނީ ހަމަ ޣާފިލު ވެގެންވަ ބަޔެކެވެ) މިއީ ނަރައިކައިގެ ދަރުގެ ސިފައެވެ. ނަރަކައިގެ އަނދައަދާހުންނަ ދަރަށްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް ދަރުމަކުރައްވާފައިވާ އާލާތް (ސިނކުޑި) ބޭނުންނުކުރާމީހުންނެވެ. އެނިޢްމަތް ދެއްވާފައިވަނީ ކައުނުގެ ތަނަވަސްކަމުގެ ތެރެއަށް ނިކުމެ މަޢްރީފާކޮށް ދެނެގަތުމުގެ އާލަތަކަށް ހެދުމަށްޓަކައެވެ. އެކަމަކު އެބައިމީހުން މިއާލަތް ބޭކާރުކޮށްލިއެވެ. އެބައިމީހުންނަށް ހިތްތަކެއްވިއެވެ. އެކަމަކު އެބައިމީހުން އެއަކުން ނުވިސްނައެވެ. އެބައިމީހުންނަށް ލޯތަކެއްވެއެވެ.