އަތޮޅު ކައުންސިލާއި ރަށު ކައުންސިލަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލައްވަން ބޭނުންވާ ޖުމްހޫރީ ޕާޓީގެ މެންބަރުންނަށް އެފުރުސަތު ހުޅުވާލައިފީމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ޖުމްހޫރީ ޕާޓީގެ މެންބަރުން 19 އޯގަސްޓް 2010 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން މިޕާޓީގެ މައި އިދާރާ (މ.ޗަބޭލީގެ 3 ވަނަ ފަންގިފިލާ) އަށް އެންގެވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޖުމްހޫރީ ޕާޓީގެ ފޯން 3305549 އަށް ގުޅުއްވުން އެދެމެވެ.2 އޯގަސްޓް 2010
ޖުމްހޫރީޕާޓީގެ ފަރާތުން އއ. މަތިވެރި ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 1 އަލްފާޞިލް މޫސާ ރަމީޒް އަމިއްލަ އެދުމުގެ މަތިން ކެމްޕެއިން ކުރުންހުއްޓާލައްވާ ކެންޑިޑޭޓުންނާ އެކު ވާދަކުރުމުގެ ރޭހުން ވަނީ ވަކިވެފައެވެ.
ވީމާ މިވާހަކަ އއ. މަތިވެރި ދާއިރާގެ ލޮބުވެތި ރައްޔިތުންގެ މައުލޫމާތައްޓަކާ ދެންނެވީމެވެ.
07 މެއި 2009
ޖުމްހޫރީޕާޓީއިން ދެކޭގޮތުގައި ދައުލަތުގެ ބަންޑާރަނައިބުކަމުގެ ޙައިޘިއްޔަތުން އެމަޤާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު އަދާކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެ މަތީންކަމާއި އަދި އެންމެހާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމުގައި މިޕާޓީން ޤަބޫލުކުރެއެވެ. އަދި ދައުލަތުގެ ބަންޑާރަނައިބުކަމުގެ މަޤާމަށްއެކަމަނާ އިސްކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ބަޔާންކުރާގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންކަމާއި އެރުހުން ރައްޔިތުންގެ މަޖިލީހުން އަނބުރާ ގެންދަވާފައިނުވާކަން މިޕާޓީން ފާހަގަކުރަމެވެ.